ހޫތީ ހަނގުރާމަވެރިންތަކެއް - ފޮޓޯ: އަލްޖަޒީރާ

ސައުދީ އެއާޕޯޓަކަށް، ހޫތީން ޑްރޯން ހަމަލާއެއް ދޭންއުޅެފި

ގޮވާތަކެތި ހަރުކޮށްފައިހުރި ޑްރޯން އެއް ބޭނުންކޮށްގެން ހޫތީ ހަނގުރާމަވެރިން، ނަޖްރަންގެ އެއާޕޯޓަށް ހަމަލާދޭން މަސައްކަތް ކޮށްފިއެވެ.

ގޮވާތަކެއްޗާއި އެކު ދަތުރުކުރި ޑްރޯން އެއް ބޭނުންކޮށްގެން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ދޭން އުޅުނު މި ހަމަލާ ވަނީ ނާކާމިޔާބު ކޮށްލާފައެވެ. ޔަމަން އާއި ސައުދީ ގުޅޭ ބޯޑަރު ސަރަޙައްދުން ސައުދީގެ ނަޖްރަން ސިޓީގެ އެއާޕޯޓަށް އަމާޒުކުރި މި ހަމަލާ ނާކާމިޔާބުކޮށްލާފައިވަނީ ސައުދީ އެއާ ޑިފެންސް އިންނެވެ.

އަރަބި ކޯލިޝަންގެ ތަރުޖަމާނު، ކާނަލް ޓާކީ އަލް މާލިކީ ނޫސްތަކުގައި ވިދާޅުވީ، ހޫތީންގެ ހަމަލާ މިއަދު ސައުދީ އެއާ ޑިފެންސް އިން ނާކާމިޔާބުކޮށްލީ ސައުދީގެ ވައިގެ ސަރަޙައްދަށް ޑްރޯން ވަނުމާއިއެކު ކަމަށެވެ. އަދި ހޫތީ ހަނގުރާމަވެރިން މިހާރު ހަމަލާތައް އަމާޒުކުރަނީ އާންމު ޚިދުމަތްދޭ ތަންތަނަށް ކަމަށެވެ.

ހޫތީންގެ މި ހަރަކާތްތައް ހުއްޓާ ނުލައިފިނަމަ ކުރިޔަށް އޮތްތަނުގައި ސައުދީގެ ވަރުގަދަ ރައްދެއް އެފަރާތްތަކަށް ދޭން ޖެހިދާނެ ކަމުގެ އިންޒާރުވެސް މާލިކީ ވަނީ ދެއްވާފައެވެ.

ނަޖްރަންގެ އެއާޕޯޓަށް ހޫތީން މިއަދު ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވާއިރު މީގެ ދެ ދުވަސްކުރިންވެސް ޑްރޯން ބޭނުންކޮށްގެން އެ ޖަމާޢަތުން ވަނީ އެ އެއާޕޯޓަކަށް ހަމަލާ އަމާޒުކޮށްފައެވެ. މީގެ އިތުރުން މި ހަފްތާ ތެރޭގައި އެ ޖަމާޢަތުން ވަނީ މައްކާ އާއި ސައުދީގެ މައި އެއާޕޯޓަކަށްވެސް ހަމަލާދޭން މަސައްކަތްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ