ކިތަންމެވަރަކަށް ބިރުދެއްކިޔަސް، މަސްއޫލިއްޔަތު އަދާކުރުމުގައި ކުޑަކޮށްވެސް ފަހަތައް ޖެހޭނެ ކަމެއް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
އަކްރަމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"ބިރުދެއްކުމާއި މައިންބަފައިންނަށް ބެހުމާއި ބޭއަދަބީ ބަސްތަކުން އިންޒާރު ދިނުމަކީ އީންޝާﷲ މަސްއޫލިއްޔަތު އަދާކުރުމުގައި ކުޑަކޮށްވެސް ފަހަތައް ޖެހޭނެ ކަމެއް ނޫން." އަކްރަމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާނޫނު ތަކުގެ ތެރޭގައި ތިބުމަށް ބުނުމަކީ ބަޔަކަށް ބުނެވޭ ކުޑައިމީސް ބަހެއް ނޫންކަމަށާއި އަދި ރިވެތި އަހުލާގު އިސް ކުރެއްވުމަށް އަކްރަމް ވިދާޅުވިއެވެ.
މި ޓްވީޓާއި ގުޅިގެން މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން އަކްރަމް ވިދާޅުވީ، އެއީ އެކިފަރާތްތަކުން މީސްމީޑިއާގައާއި ފޯނުކޯލުތަައް މެދުވެރިކޮށް އަކްރަމަށް ބިރުދައްކަވުމުން އަންނާތީވެ އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްކަމަށެވެ.
ޤާނޫނުތަކާއި ޤަވާއިދުތަކާއި ހިލާފަށް ސިޔާސީ ހަރަކާތްތައް ނުބޭއްވުމަށް ޕާޓީތަކަށް އަންގާ، މި ޤަވާއިދުތަކާއި ހިލާފުވާ ފަރާތްތަކާއް ފިޔަވަޅު އަޅާނެކަމަށް މީގެ ކުރިން އަކުރަމް ވަނީ ވިދާޅުވެފައެވެ.
Birudhekkumaai mainbafainnah behumaai beyadhabee basthakun inzaaru dhinumakee IA massooliyyath adhaakurumugai kudakoh ves fahthah jeheyne kameh noon, gaanoonu thakuge thereygai thibumah bunumakee bayakah bunevey kudaimees baheh noon. rivethi ahulaag iskurahvaa.
— Ahmed Akram (@akram4535) August 30, 2020
އަކްރަމް ވިދާޅުވީ، މިވާހަކަފުޅުތަކާއި ގުޅިގެން މީސްމީޑިއާގައާއި އަދި ފޯނު ކޯލުތަކުން އެކިފަރާތްތަކުން ބިރު ދައްކަވަމުން އަންނަ ކަމަށެވެ.
ނަމަވެސް، ދުވަހަކުވެސް މައްސޫލިއްޔަތު އަދާކުރުމުގައި ބިރުދެއްކުންތަކަށް ފަސްނުޖެހި ތެދުވެރިކަމާއެކު ޤާނޫނާއި ގަވާއިދުގެ ތެރެއިން ޒިންމާ އަދާކުރާނެކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.