ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް "ސްޕްލިޓް ސްޓޭ' ހުއްދަދެނީ

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މަގުފަހިކޮށްދިނުމަށް "ސްޕްލިޓް ސްޓޭ' ހުއްދަ ދިނުމަށް ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މަގުފަހިކޮށްދިނުމަށާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، ހެލްތް އެމަރޖެންސީ
އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) ގައި މަޝްވަރާ ކުރެވި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާއި މިނިސްޓްރީ އޮފް ޓޫރިޒަމްއިން "ސްޕްލިޓް ސްޓޭ' ހުއްދަ ދިނުމަށް ނިންމާފައިވާކަމަށެވެ.

"ސްޕްލިޓް ސްޓޭ ހުއްދަދިނުމަށް ހަމަޖެހިފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ.) އިން ކަނޑައަޅާފައިވާ "ސްޕްލިޓް ސްޓޭ' ގައިޑްލައިނަށް ފެތޭ ރިޒޯޓުތަކުން އެޗް.ޕީ.އޭ ގެ ޝަރުތުތައް ފުރިހަމަކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ހުށަހެޅުމުން" ޓްއަރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.

ޓްއަރިޒަމް މިނިސްޓްރީން އިތުރަށް ވިދާޅުވީ މިހުއްދައަށް އެދި ފަތުރުވެރިޔާ ދަތުރުކުރުމަށް ހަމަޖެހިފައިވާ ތާރީޚްގެ ދެ ދުވަސްކުރިން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ހުށަހަޅަންޖެހޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ