ޕާކްތައް ބެލެހެއްޓުންވަނީ ވަރަށް ހީނަރުވެފައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ ރަސްރަނި ބަގީޗާގެ މަސްފެންގަނޑުގެ ހާލަތު ވަރަށް ދައްކަމަށާއި ފެންގަނޑުގައި ފެހި ޖެހުމުގެ އިތުރުން ފެންދައުރުކުރާ ޕަމްޕުތައް ނުބަލަހައްޓާތީވެ މަސައްކަތް ނުކުރާތީ މަދިރި ފަނި އުފެދުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ރަސްރަނި ބަގީޗާގެ މަސްފެންގަނޑުގެ މޯޓަރު ޕަމްޕުތައް މަސައްކަތް ނުކުރާތާ އެއްމަސްވެފައި ވާކަމަށާއި، ޕާކްތައް ބެލެހެއްޓުންވަނީ ވަރަށް ހީނަރުވެފައި ކަމަށެވެ.
Rasrani Bageecha ge masfenganduge haalathu v dhah.Fengandugai fehijehumuge ithurun fendhaurukuraa pump thah nubalahattaathee masakkatheh nukurey. Madhiri ufedhumuge furusathu varah bodu. Pump thah masakkai nukuraathaa 1 mas vejje. Park thah belehettun vanee varah heenaruvefa
— Dr Mohamed Muizzu (@MMuizzu) May 24, 2019
ރައީސް ޔާމިނުގެ ދައުރުގައި މާލޭގެ އެކި ސަރަހައްދު ތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ގިނަ އަދަދެއްގެ ޕާކުތައް ތަރައްގީ ކޮށްފައި ވެއެވެ.

މި ސަރުކާރުންވެސް ހިތްފަސޭހަ މައިދާންތައް ހެދުމަށް ސަމާލުކަމެއް ދެއްވާނެކަމަށް ވިދާޅުވެފައިވާއިރު، ރަމަޟާން މަހަށް ނިންމަން ފެށީ ހެންވޭރު އާޓިފިޝަލް ބީޗު އަދިވެސް ނުނިމޭއިރު ބީޗް އޮތީ ބޭނުންކުރެވޭ ޚާލަތެއްގައި ނޫނެވެ.