އިސްރާއީލްގައި ރޯވެފައިވާ އަލިފާން ނިއްވަން އެހީތެރިވާން ފަލަސްތީނުން ނިންމައިފި

ހޫނު ގަދަވުމުގެ ސަބަބުން އިސްރާއީލްގައި ރޯވި އަލިފާން ކޮންޓްރޯލެއް ނެތި ފެތުރެމުން ދާތީ އަލިފާން ނިއްވުމުގައި އެހީތެރިވާން، އިސްރާއީލްގެ އަވަށްޓެރި ފަލަސްތީނުން ނިންމައިފިއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އިސްރާއީލްގައި ރޯވެފައިވާ އަލިފާން ނިއްވަން އެހީތެރިވުމުގެ ފުރުސަތު ދިނުމަށް ފަލަސްތީނުން އެދިފައިވާ ކަމަށެވެ. ފަލަސްތީނުގެ އިތުރުން ރަޝިއާ އިން ވެސް ވަނީ އިސްރާއީލްގައި ރޯވެފައިވާ އަލިފާން ނިއްވަން އެހީތެރިވުމުގެ ފުރުސަތަކަށް އެދިފައެވެ.

އިސްރާއީލުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން އެޤައުމުގެ 6 އަވަށަކުން މީހުން ހުސްކޮށްފައިވާއިރު، އަލިފާން ނިއްވަން ބޭނުން ދެ ހެލިކޮޕްޓަރު މިސްރުން ވަނީ ފޮނުވާފައެވެ. އަދި ސައިޕްރަސް އިން ވަނީ ފަޔާފައިޓަރުންގެ ޓީމެއް އެޤައުމަށް ފޮނުވާފައެވެ. ހަމައެއާއެކު އިޓަލީ، ގްރީސް، ކްރޮއޭޝިއާގެ ފަޔާފައިޓަރުން ވެސް މިއަދު އިސްރާއީލަށް ދިއުމަށް ހަމަޖެހިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަލިފާން ނިއްވުމުގައި އެހީތެރިވުމުގެ ފުރުސަތު ދިނުމަށް ފަލަސްތީނުން އެދުނު ނަމަވެސް ފަލަސްތީނުގެ އެހީތެރިކަން ގަބޫލު ކުރަން ނިންމާފައިވާކަމެއް ނުވަތަ ނޫންކަމެއް ވެސް ނަތަންޔާހޫ ނުބުނެއެވެ. ނަތަންޔާހޫ ބުނީ އަލިފާން ނިއްވުމުގެ އޮޕަރޭޝަން އަދިވެސް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ

އަލިފާން ނިއްވުމުގައި އިސްރާއީލަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާއިރު، މިއަދު އިސްރާއީލްގެ ގިނަ ސަރަހައްދުތަކުގައި ހޫނު މިން ހުރީ 43 ޑިގްރީއަށް ވުރެ މަތީގައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ