ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މިހާރު ފަށްޓަވާފައިވާ އަތޮޅުތަކުގެ ބައްދަލުވުންތަކުގެ ތެރެއިން، އައްޑޫ ސިޓީގެ ބައްދަލުވުން ބާއްވައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިބައްދަލުވުމުގައި ކޯލިޝަންގެ ލީޑަރޝިޕާއި ސިޓީގެ މަންދޫބުންވަނީ ކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އައްޑޫ ސިޓީގައި އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ.
އެގޮތުން މިހާރު ކޮންމެ ރަށެއްގައި އެކުލަވާލުމަށް ހަމަޖެހިފައިވާ ސްޓިއަރިންގ ކޮމިޓީތައް އިންތިޚާބުކުރުމާ ބެހޭ ގޮތުންނާއި، ރައީސް ޔާމީނަށް
މިސަރުކާރުން ދެމުންދާ ލާއިންސާނީ އަނިޔާއިން އެމަނިކުފާނު ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތްތަކާއި،ވިއްކާލުމާ ދެކޮޅަށް" ކޯލިޝަނުންކުރިއަށް ގެންދާ އިޙްތިޖާޖުތަކާ ގުޅޭގޮތުން މަންދޫބުންނާ މަޝްވަރާކޮށް މަޢުލޫމާތު ޙިއްސާ ކުރެވުނުކަމަށް އިދިކޮޅު ކޯލިޝަނުން މައުލޫމާތުދެއެވެ.
އެގޮތުން، މަންދޫބުންގެ ފަރާތުންވަނީ ސަރުކާރުގެ ނާގާބިލްކަމުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ،ހުރި ކަންބޮޑުވުންތައް ކޯލިޝަންގެ ލީޑަރޝިޕާއި ޙިއްސާ ކުރައްވާފައެވެ. އަދި ރާއްޖޭގެ މިނިވަންކަން ގެއްލިދާފަދަ ކަންތައްތަކާ އައްޑޫ ސިޓީގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއްވިކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން ކުރިއަށް ގެންދާ އަތޮޅުތަކުގެ ބައްދަލުވުންތައް މިހާރުވަނީ ރާއްޖޭގެ 19 އަތޮޅުގައި ބާއްވާފައެވެ.




