ރަޝިޔާއިން ރާއްޖެ އަށް ފްލައިޓް ދަތުރުތައް ފަށުމަށް ނިންމައިފި އެވެ.
ރާއްޖެ އަށް ހަފުތާއަކު ދެ ފްލައިޓް އޮޕަރޭޓްކުރުމުގެ ހުއްދަ ރަޝިޔާގެ ސަރުކާރުން ވަނީ ދެއްވާފަ އެވެ.
ރަޝިއާ އިން ވަނީ 3 ގައުމަކަށް ދަތުރުތައް ފަށައިފައެވެ. އެގޮތުން ދިވެހިރާއްޖެގެ އިތުރުން މިސްރު އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ދަތުރުތައް ފެށުމަށް އެގައުމުގެ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ.
މިސްރުގެ ކައިރޯ އަށް ހަފްތާއަކު 3 ފްލައިޓް ދަތުރު ކުރުމުގެ ހުއްދަ ދީފައިވާއިރު ދުބާއީ އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ހުއްދަ ދީފައިވަނޫީ ހަފްތާއަކު 2 ފްލައިޓު ކުރުމަށެވެ.
ރަޝިޔާ އިން އެ ގައުމުގެ ބޯޑަރު ބަންދުކޮށް ވައިގެ ދަތުރުފަތުރުތައް ހުއްޓާލާފައި ވަނީ މާޗް މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. ރަޝިއާ އިން މިހާރުވެސް ބައެއް އެހެން ގައުމުތަކަށް ފްލައިޓުތައް އޮޕަރޭޓު ކުރަމުން ދެއެވެ. އެގޮތުން އިނގިރޭސި ވިލާތާއި ޓެންޒޭނިއާ އަދި ތުރުކީ އަދި ސްވިޒަލޭންޑަށް ދަތުރުކުރުގެ ހުއްދަ ވެސް އެ ގައުމުން ވަނީ ދީފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮއްފައި އޮތުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައި ވާއިރު ނިމިދިޔަ އޮގަސްޓް މަހު 7,628 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.



