މީހަކު ނިޔާވިފަހުން، އެމީހާއަށް ފައިސާ ދޫކޮށްފައިވާކަން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.
އެންސްޕާގެ އޮޑިޓް ރިޕޯޓުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން އާސަންދަ އިން ބޭސްފަރުވާ ކުރުމަށް އިންޑިއާ އަދި ސްރީލަންކާއަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ހާލުގައި ޖެހިފައިވާ މީހުންނަށް ފައިސާގެ އެހީ ދީފައިވާ ގޮތް ޗެކުކުރުމުގައި، ލޮކްޑައުން ގެ މުއްދަތުގައި ރާއްޖޭން ބޭރުގައި ނިޔާވެފައިވާ ފަރާތަކަށް، ނިޔާވި ތާރީޚުގެ ފަހުން ފައިސާގެ އެހީ ދީފައިވާކަން ފާހަގަ ކޮށްފައެވެ.
މިގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރުގައި ހުރި ފަރާތެއް، 15 އޭޕްރީލް 2020 ގައި ނިޔާވެފައިވާކަން އޮޑިޓަރުންނަށް ލިބިފައިވާ ލިޔެކިޔުންތަކުން ފާހަގަވެފައި ވާކަމަށާއި ބަލިމީހާ ނިޔާވިކަން 16 އޭޕްރީލް 2020 ގައި ހޮސްޕިޓަލުން އާސަންދަ ކުންފުންޏަށް އަންގާފައިވާ ކަމަށް އާސަންދަ ކުންފުނިން އޮޑިޓަށް މައުލޫމާތު ދީފައި ވާކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.
ނަމަވެސް، އެ ފަރާތް ނިޔާވި ތާރީޚުގެ ފަހުން އާސަންދަ ކުންފުނިން އަދި އެންސްޕާއިން ފައިސާގެ އެހީގެ ގޮތުގައި 9498 ރުފިޔާ އެ ފަރާތުން ދީފައިވާ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް އެހެން ބައެއް ކަންކަން ވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައެވެ. އެގޮތުންފައިސާގެ އެހީ ދޭންޖެހޭ ބައެއް މީހުންނަށް އެއް މުއްދަތަކަށް ދެ މުއައްސަސާއަކުން ފައިސާގެ އެހީ ފޮނުވާފައިވާ ކަމަށާއި ކަނޑައަޅާފައިވާ ރޭޓާއި ހިލާފަށް ތަފާތު ރޭޓަކުން ފައިސާ ދީފައިވާ ކަމަށާއި ޓިކެޓް ނަގާފައިވާ ތާރީހުގެ ކުރީ ދުވަސްތަކަށް ފައިސާގެ އެހީ ދީފައިވާކަން ވަނީ ފާހަގަކޮށްފައެވެ.




3 Responses
mihaaru mi hingaa kankamah balaairu maabodukeh noon..gaumu alhubethikuran ulheykan mujarrivb vejje. dhen ithurah dhakkane eahvure biruveri nurakkatheri
vaahakaeh neiy nirubaveri
saabahey vagunney
އާސަންދަގެ ޕޮލިސީގަ ޕޭށަންޓަށް ނުވަތަ އެހީތެރިޔާގެ އެކައުންޓަށް ލާރި ޖަމާކޮށްދޭކަން އަދިކިރިޔާ މިއިނގުނީ. ކިހިނެތް ކުރާކަމެއް ތީ؟ މަށަށް ޢިނގިގެން ބަލިމީހާ ނުވަތަ އެހީތޭރިޔާގެ އެކައުންޓަށް ލާރިޖަމާކުރަނީ އެންސްޕާއިން.