ށ. ފުނަދޫގެ ދަށް ފަޅުގައި އަޅާފައި އޮތް ޑިންގީއެއް ގެއްލިގެން ހޯދަންފަށައިފިއެވެ.
އެމްއެންޑިއެފް އިން ވިދާޅުވެފައި ވަނީ ގެއްލިގެން ހޯދަމުންދަނީ 18 ފޫޓްގެ ޑިންގީއެއްކަމަށެވެ. ފުނަދޫ ދަށް ފަޅުގައި އަޅާފައި އޮތް މި ޑިންގީ ގެއްލިފައި ވަނީ ފައްތިޔާ ކަނޑައިގެން ގޮސްގެން ކަމުގައި އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ ޑިންގީ ގެއްލުނު ކަމުގެ ރިޕޯޓް އެފަރާތަށް ލިބިފައި ވަނީ މިއަދު 11:46 ހާއިރު ކަމަށާއި، ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ނޯތް އޭރިޔާގެ ކޯސްތްގާޑް ސްކޮޑް ގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންކަމަށެވެ.
(ތަފްޞީލް އަންނަނީ)




