ރާއްޖެއާ 5800 ކިލޯމީޓަރު ދުރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ރާއްޖެއާ 5،800 ކިލޯމީޓަރު ދުރުން މިންޑަނައޯ ފިލިޕީންސްސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބާރުމިނުގައި 6.2 ހުރި މި ބިންހެލުން އައިސްފައިވަނީ 119 ކިލޯމީޓަރުގެ އަޑިއަށް ރާއްޖެ ގަޑިން މިރޭ 20:23 ގައެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައި ނުވިނަމަވެސް ބިންހެލުމަށްފަހު އަންނަ ލޮޅުންތަކަށް ސަމާލުވުމަށް ވަނީ ބިންހެލުން އައި ހިސާބުގައި ދިރިއުޅޭ ފަރާތްތަކަށް އަންގައިފައެވެ.

މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ރާއްޖެއާ ދުރުނޫން ހިސާބަކަށްވެސް ބާރުގަދަ ބިންހެލުމެއްވަނީ އައިސްފައެވެ. މި ބިންހެލުން އައިސްފައިވަނީ ޗާގަސް އާކިޕެލަގޯ ސަރަހައްދަށެވެ. މިއީ އައްޑޫ ސިޓީއާއި 492 ކިލޯމީޓަރު ދުރެވެ.

ރާއްޖެ ސަރަހައްދަކީ ބެންހެލުން މަދު ސަރަހައްދެކެވެ. ނަމަވެސް މިފަހުން ބަޔެއް ބިންހެލުންތަކުގެ ލޮޅުން ރާއްޖޭގެ ރައްތަކަށް ކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
15
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ