ދަރަނި 74 ބިލިއަނަށް އެރިއިރު، އަތޮޅުތެރޭގެ ގިނަ ރައްޔިތުން އަދިވެސް ފެންވަރަނީ ނަޖިިސްފެނުން: އަލީ ހުސައިން

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.96 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، އަތޮޅުތެރޭގެ ގިނަ ރައްޔިތުން އަދިވެސް ފެންވަރަނީ ނަޖިިސްފެނުން ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެމްބަރު އަލީ މިހެން ވިދާޅުވެފައި މިވަނީ، މިރޭ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައިއެވެ.

"74 ބިލިޔަން ރުފިޔާގެ ދަރަނި ދިވެހިންގެ ބޮލުގައި އެޅުނު އިރު އަތޮޅު ތެރޭގެ ގިނަ ރައްޔިތުން އަދިވެސް ނަޖިިސްފެނުން ފެންވަރަން ޖެހިފައިވުމުން އެހުރިހައި ފައިސާ ޚަރަދުކުރީ އެންމެރަނގަޅަށް ނޫންކަން ސާބިތުވޭ." މެމްބަރު އަލީ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރު ޖޫން މަހު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 އިންސައްތައިގައެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ އިންސައްތައިގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގައެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ދަރަނި ހުރީ 54.3 ބިލިއަން ރުފިޔާގައެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 61 އިންސައްތައެވެ. ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ބަޖެޓުގެ ދަރަނި ވަނީ 55.9 ބިލިއަން ރުފިޔާ އަށް އަރައިފައެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 82 އިންސައްތައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ