ތ. ގުރައިދޫ ބަނދަރަށް ވެއްޓި މީހަކު ނިޔާވެއްޖެ

ތ. ގުރައިދޫ ބަނދަރަށް ވެއްޓި މީހަކު ނިޔާވެއްޖެއެވެ.

ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ތައުފީޤް އަލީވަނީ އެރަށުން ބަނދަރަށް ވެއްޓި މީހަކު ނިޔާވެފައިވާކަން މިނޫހަށް ކަށަވަރު ކޮށްދީފައެވެ.

ތައުފީގް އަލީ މިނޫހަށް މައުލޫމާތު ދެމުން އިތުރަށް ބުނެފައިވަނީ، މިމީހާ މޫދުގައި އޮއްވާ އާންމުގެ މީހަކަށް ފެނި އެހީތެރިވުމަށް ފުންމާލި ކަމަށާއި އަދި އޭގެފަހުން ފުލުހަކުވެސް މޫދައް ފުންމާލައި އެމީހާ ނެގުމުގެ މަސައްކަތުގައި އެހީތެރިވެފައިވާ ކަމަށެވެ. އަދި އެ ފުލުސްމީހާ އާއި ހަވާލާދީ ތައުފީގް އަލީވަނީ މޫދަށް ވެއްޓިފައި އޮތް މީހާ މޫދުން ނެގިއިރު ނޭވާލާކަމަށް ބެލެވޭ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި ބަނދަރަށް ވެއްޓި ނިޔާވެފައިވަނީ އުމުރުން 84 އަހަރުގެ އަހުމަދު އިބުރާހިމް ނަމަކަށްކިޔާ މީހެކެވެ. އަދި މިމީހާ އިޝާނަމާދަށްފަހު ކައިގެން ގެއިން ބޭރަށް ނިކުތްކަމަށްވެސް އެރަށުން ވާހަކަދެއްކި މީހަކު ނިޔާވި މީހާގެ އާއިލާއާއި ހަވާލާދީ ބުނެފައި ވެއެވެ.

ގުރައިދޫ ސިއްހީ މަރުކަޒުން ބަނދަރަށް ވެއްޓުނު މީހާ ނިޔާވިކަން ކަށަވަރު ކޮށްދީފައިވަނީ މިރޭ 21:15 ގައެވެ.

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ