ކުޅުދުއްފުއްޓަށް ދަތުރުކުރި ދޯންޏެއް ދިޔަވެއްޖެ

ކުޅުދުއްފުއްޓަށް ދަތުރުކުރި ދޯންޏެއް ދިޔަވެ، އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، 4 މީހުންނާއި އެކު ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކ. ޒިޔާރަތްފުށި ކައިރިން ދިޔަވާކަމުގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީ، ދިޔަވުން ކޮންޓްރޯލް ކޮށްދީފައިވާ ކަމަށެވެ.

ދިޔަވެފައިވަނީ މުދާއުފުލާ ދޯންޔެއް ކަމަށްވާ "އާސިމް" ކަމަށާއި މި ހާދިސާގެ މައުލޫމާތު އެމްއެންޑިއެފް އަށް ލިބިފައިވަނީ ފަތިހު 5:58 ހާއިރު ކަމަސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ދުވަސްވަރަކީ މުސުން ގޯސް ދުވަސްވަރަކަށްވުމާއި އެކު ކަނޑުދަތުރުކުރައްވާ ފަރާތްތައް މޫސުމަށް ބެލުމަށް މޫސުމަބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ދަނީ އިލްތިމާސް ކުރަމުންނެވެ.

އެގޮތުން މެޓް އިން ވިދާލުވީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށެވެ.

އަދި މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

 

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ