ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް

ޔާމީނަށް ޙުކުމްކުރި ފަނޑިޔާރު ސުޕްރީމްކޯޓަށް ލުމުން ހައިލަމްގެ ވަރުގަދަ ސުވާލުތަކެއް

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ޙުކުމްކުރި ފަނޑިޔާރު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުން އަހްމަދު ހައިލަމް ވަރުގަދަ ސުވާލުތަކެއް ކުރައްވައިފިއެވެ.

ހައިލަމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސެއްގެ ޝަރީޢަތް ކުރެއްވި ފަނޑިޔާރު ނޫން ފަނޑިޔާރަކު ސުޕްރީމް ކޯޓަށް ލާން ނެތީތޯ އާއި ހައި ކޯޓުގައި ތިއްބެވި ތަޖުރިބާ ލިބިފައިވާ ފަނޑިޔާރުންވެސް އެއްވެސް ބަޔަކަށް ނުވިކަމަށެވެ. އަދި ހަދިޔާއަކަށް ފަނޑިޔާރުންނަށް ޕްރޮމޯޝަން ދޭ ވާހަކަ ދެއްކި ބޭފުޅުން ކޮބައިތޯ ވެސް ސުވާލު އުފެއްދެވިއެވެ.

ޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަމާމެދު މަޝްވަރާ ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވައިވާކަން ރައީސް ސާލީޙް ހާމަކުރެއްވީ 6 އޮގަސްޓްގައެވެ.

އެގޮތުން ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް ފޮނުވާފައިވާނެކަމަށެވެ.

އޭގެތެރެއިން ޤާޒީ އަލީ ރަޝީދު ހުސައިން އަކީ ކުރީގެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ފަނޑިޔާރުއެވެ.

ރައީސް ޔާމީނަށް ނުޙައްގު ޙުކުމް ކުރި ފަނޑިޔާރު ޢަލީ ރަޝީދަށް ސްޕްރީމް ކޯޓުގެ ގޮނޑިއެއް ދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ނިންމެވީ އެ ޙުކުމް ކުރުމުގެ އިނާމަކަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙުގެ މިނިންމެވުމުންވެސް ރައީސް ޔާމީނުގެ ޙުކުމަށް ރައީސް ޞާލިޙު ނުފޫޒު ފޯރުވި މިންވަރު ޔަޤީންވެގެން ދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ