ކޮމަންވެލްތުގެ ފަރާތުން މަދަނީ ޖަމްޢިއްޔާތަކަށްދޫކުރާ ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ، ކޮވިޑް 19 އާއި ގުޅިގެން މަދަނީ ޖަމްޢިއްޔާތަކުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށްޓަކައި ކޮމަންވެލްތުގެ ފަރާތުންދޭ ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 1 ސެޕްޓެމްބަރ 2020 އިން ފެށިގެން ހުޅުވާލެވިފައިވާކަމަށެވެ.
އަދި މި ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 2020 ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ 13:00 ކަމަށްވެސް ޔޫތު މިނިސްޓްރީގެ ޢިއުލާނުގައިވެއެވެ.
މި ގްރާންޓަން އެދި ހުށަހެޅުމަށާއި، އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
ޔޫތު މިނިސްޓްރީއިން ބުނީ، ހުރިހާ ޖަމްޢިއްޔާތަކުންވެސް މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެމިނިސްޓްރީން ބާރު އަޅާކަމަށާއި، މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިނިސްޓްރީގެ ހޮޓްލައިން 7905784 އަށް ގުޅުއްވުން އެދޭކަމަށެވެ.
އެހީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކޮމެންވެލްތުގެ މެންބަރު ގައުމުތަކުގެ ޖަމިއްޔާތަކަށެވެ. އެގޮތުން ރާއްޖެ ވެސް މި ލިސްޓުގައި ހިމެނެއެވެ. އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ 10 ހާސް ޕައުންޑާއި 30 ހާސް ޕައުންޑު ދިނުމަށް ހަމަޖެހިފައިވަނީ 12 މަހުގެ މުއްދަތެކަށެވެ.
މި ގްރާންޓަން އެދި ހުށަހެޅުމަށާއި، އިތުރު މަޢުލޫމާތު މިލިންކުން ލިބެން ހުންނާނެކަމަށްވެސް މިޢިއުލާނުގައިވެއެވެ.