"ކީޕިން އަޕް ވިތް ކާޑޭޝިއަންސް" ނިންމާލީ ކިމް އަދި ކައިލީ ހުއްޓާލަން ބިރުދެއްކުމުން

ކާމިޔާބު 20 ސީޒަނަށް ފަހު، މަޝްހޫރު ރިއަލިޓީ ޝޯ “ކީޕިން އަޕް ވިތް” ކާޑޭޝިއަން ނިއްމާލަން ކްރިސް ޖެނާ ނިންމާފައިވަނީ، އޭނާގެ ދަރިން ކަމުގައިވާ ކިމް ކާޑޭޝިއަން އަދި ކައިލީ ޖެނާ ހުއްޓާލަން ބިރުދެއްކުމުން ކަމަށް ރިޕޯޓް ތަކުން ބުނެފިއެވެ.

ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީ އާއިލާ ކަމުގައިވާ ކާޑޭޝިއަން-ޖެނާގެ އާއިލާ އާއި ބެހޭގޮތުން، އަންނަ ރިއަލިޓީ ޝޯ، “ކީޕިން އަޕްވިތް ދަ ކާޑޭޝިއަންސް” އަކީ، އެ އާއިލާގެ މެންބަރުން ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންނަށް ވުމުގެ އަސްލެވެ.

14 އަހަރުވަންދެން މަޤުބޫލުކަމަށް ފަނޑުކަމެއް ނައިސް ކުރިއަށް ގެންދިޔަ މި ޝޯ ނިއްމާލަން ކާޑޭޝިއަންސް-ޖެނާ އާއިލާއިން ނިއްމިއިރު، މި ޝޯގެ ފަހު ސީޒަން ދައްކާނީ އަންނަ އަހަރުއެވެ. އެގޮތުން އަންނަ އަހަރު އަޅުވާ އެ ޝޯގެ 21 ވަނަ ސީޒަން އަކީ ޝޯގެ ފަހު ސީޒަންއެވެ.

ގިނަ މަސްތަކެއް ވަންދެން މި ސީރީޒް ނިންމަން މުޅި އާއިލާއިން ވާހަކަ ދައްކާފައިވާއިރު، ކިމް އާއި ކައިލީ ހުއްޓާލަން ނިންމުމުން މުޅި ސީރީސް ނިންމާލަން ނިންމީ ކަމަށް "ދަ ސަން" މެގަޒިން އިން ބުނެފައިވެއެވެ.

ކިމް އާއި ކާންޔޭ ވެސްޓް އާއި ދެމެދު އެތައް ކަމެއް މިދުވަސްކޮޅު ހިންގަމުން ދާ ކަމަށާއި ނަމަވެސް ކަންޔޭގެ ޕާސަނަލް އެއްވެސް ކަމެއް ޝޯގައި ދައްކަން އޭނާ އެއްބަސް ނުވާ ކަމަށާއި އަދި ކިމް އަށް ޝޯއަށް ވަގުތު ނުދެވޭ ކަމަށް ބުނެފައި ވެއެވެ.

އަދި އުމުރުން 23 އަހަރުގެ ކައިލީ ޖެނާ އަށް އޭނާގެ އެކި ވިޔަފާރިތަކުން ވާވަރަށް ފައިސާ ލިބޭއިރު، ފައިސާ ހޯދަން އޭނާގެ އަމިއްލަ ދިރިއުޅުން ދައްކަން ބޭނުމެއް ނުވެއެވެ.

ޝޯ ނިއްމާލަން ނިއްމާފައިވާކަން މިދިޔަ އަންގާރަ ދުވަހު އެ އާއިލާއިން އިއުލާންކުރީ، ޝޯގައި ހިމެނޭ އާއިލާ ހުރިހާ މެންބަރު ސޮއި ކޮށްފައިވާ ޖޮއިންޓް ސްޓޭޓްމެންޓެއްގައެވެ. އެގޮތުން މިހާ ގިނަ ދުވަސްވަންދެން އެމީހުންގެ ދިރިއުޅުން ދައްކުވައިދޭ މި ޝޯ ބެލި އެންމެންނަށް އާއިލާއިން ޝުކުރު އަދާކޮށްފައިވެއެވެ.

“ކީޕިން އަޕްވިތް ދަ ކާޑޭޝިއަންސް” ގެ ފުރަތަމަ ސީޒަން ދައްކަން ފެށީ، 2007 ވަނަ އަހަރުއެވެ. އޭރު، މި އާއިލާގެ އެންމެ ހަގު ދެ ތަރިންކަމުގައިވާ، ކެންޑަލް ޖެނާ އަދި ކައިލީ ޖެނާ އަކީ ކުޑަ ކުދިންނެވެ. ކައިލީ ދުނިޔޭގެ އެންމެ ހަގު އަންހެން ބިލިއަނަރުންގެ ތެރޭގައި ހިމެނިގެންދިޔައިރު، މިއަދު ކައިލިއަކީ، އަންހެން ކުއްޖެއްގެ މަންމަވެސް މެއެވެ. އަދި “ކައިލީ”ގެ ނަމުގައި މަޝްހޫރު ކޮޮސްމެޓިކް ބްރޭންޑެއް ނެރެފައިވާއިރު، މިވަގުތު އެ އާއިލާގެ އެންމެ މަޤްބޫލު ތަރިއަކީވެސް ކައިލީއެވެ. މީގެ އިތުރުން ކެންޑެލް އަކީ، މިއަދު ދުނިޔޭގެ އެންމެ އުސް ހަރުފަތުގައި ހުރި މޮޑެލް އެކެވެ.

މި ޝޯ ފެށިއިރު، ޝޯގެ އެންމެ މަޝްހޫރު ތަރިންނަކީ، ކްރިސް އާއި އޭނަގެ ކުރިީގެ ފިރިމީހާއަށް ލިބިފައިވާ ތިން ދަރިން ކަމުގައިވާ، ކިމް ކާޑޭޝިއަން، ކޯޓްނީ ކާޑޭޝިއަން، އަދި ކްލޯއީ ކާޑޭޝިއަންއެވެ. މީގެ އިތުރުން މި ތިން މީހުންގެ ފިރިހެން ކޮއްކޮ ރޮބް ކާޑޭޭޝިއަންވެސް ފެނިގެންދިޔައެވެ.

މިއީ ކާޑޭޝިއަން އާއިލާގެ ސިއްރުތަކާއި، އަމިއްލަ ދިރިއުޅުން ވަރަށް ގާތުން ދައްކަައިދޭ ރިއަލިޓީ ޝޯއަކަށްވުމުން، އެއްބަނޑުއެއްބަފައި ތިން ދައްތައިންގެ މެދުގައި ކޮންމެ ދުވަހަކު ހިނގާ ކަންތައްތައް ޝޯއިން ދައްކުވައިދިނެވެ. އެގޮތުން މުޅި އާއިލާއަށް ދިމާވި އުފަލާއި، ހިތާމަވެރި ކަންތައްތައް މި ޝޯ މެދުވެރިކޮށް އާއްމުންނަށް ދައްކައިދިނެވެ.

ޝޯއިން ލިބުނު މަގުބޫލުކަމާއެކު މުޅި އާއިލާ ނުފޫޒުގަދަ ބަޔަކަށްވެގެންގޮސްފައިވާއިރު، މި މަޝްހޫރުކަމާއެކު އާއިލާގެ އެކި މެމްބަރުން ވަނީ ތަފާތު ބްރޭންޑުތައް އުފައްދާފައެވެ. އެގޮތުން އެންމެ މަގުބޫލީ، ކިމްއާއި ކައިލީގެ ކޮސްމެޓިކް ބްރޭންޑެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ