މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ފަރަކަށް އަރައިފި

މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހަތް މީހުންނާއެކު މާލެއިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި 140 ފޫޓްގެ "ހެވީ ސްޓާރ" ލޭންޑިންގ ކްރާފްޓް، ށ. އަތޮޅު ނިލަންދޫ ފަރުމައްޗަށް އަރައި ދިޔަވަމުންދާކަމުގެ މައުލޫމާތު ލިބިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ މެންދަމު 01:15 ހާއިރު ކަމަށާއި، މި ކޮޅުވެއްޓީގައި އޭރު ތިބީ ތިން ދިވެހިންނާއި ހަތަރު ބިދޭސީން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ކޮޅުވެއްޓި ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ