އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރިނަމަވެސް ރާއްޖެއަށް ލިބޭނެ!

އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން އިއްޔެ މަނާ ކޮށްފިއެވެ. އިންޑިއާގެ ބާޒާރުގައި ފިޔާގެ އަގު މަތިވެ ފިޔާ ލިބުން ވަނީ ދަތިވެފައެވެ.

ފިޔާ ލިބުން ދަތިވެފައި ވަނީ އިންޑިއާގެ ބައެއް ސަރަހައްދު ތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުންނެވެ. އަދި ފާއިތުވެ ދިޔަ ކޮވިޑް-19 ގެ މަސްތަކުގައި ވަރަށް ބައިވަރު ފިޔާ އެ ގައުމުން ވަނީ އެކްސްޕޯޓް ކޮށްފައެވެ.

މިއަހަރުގެ އޭޕްރީލް އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ގައުމުން 198 މިލިއަން ޑޮލަރުގެ ފިޔާ އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރު އެ ގައުމުން އެކްސްޕޯޓް ކޮށްފައި ވަނީ 440 މިލިއަން ޑޮލަރުގެ ފިޔަލެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކުރިނަމަވެސް ފޮރިން މިނިސްޓްރީން ވިދާޅުވީ، ޚާއްސަ ހުއްދައެއްގެ ދަށުން، ނިމިދިޔަ މަހު އިންޑިއާއިން އައުކޮށްދީފައިވާ ކޯޓާއާއި އެއްގޮތަށް، މެދުނުކެނޑި އަދި ދަތިކަމެއް ނެތި ރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ