ފޮޓޯ: އެމްއެންޑީއެފް

8 މީހުންނާއިއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

8 މީހުންނާއިއެކު ހދ. މަކުނުދޫ އިން ފުރައިގެން ހދ. ވައިކަރަދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.

ފަރަށް އަރާފައިވަނީ "ނަމޫނާ" ނަމަކަށް ކިޔާ 85 ފޫޓުގެ ސަޕްލައި ދޯންޏެކެވެ. މި ދޯނި ފަރަށް އަރައިގެން އެމްއެންޑީއެފް ނޯދާން އޭރިއާގެ ކޯސްޓްގާޑް އިން މިހާރު ވަނީ ހަރަކާތްތެރިވާ ފަށައިފައެވެ.

ދޯނި ފަރަށް އެރީ، ދޯނީގައި ހުރި ހިލަ، ސިމެންތި އަދި ދަގަނޑުން ބައެއް މުދާ މަކުނުދޫއަށް ބޭލުމަށް ފަހު، ފަޅުން ނިކުންނަން އުޅެނިކޮށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ދޯނީގައި ތިބި މީހުން މިހާރު ވަނީ މަކުނުދޫ އަށް އަރާފައި ކަމަށާއި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ ދަންވަރު 02:08 ގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ