މަހަށް ނިކުމެ އުޅުނު މީހަކު ހާލު ދެރަވެގެން މާލެ ގެނައުމަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ކ. ދިއްފުށީގެ 80 ނޯޓިކަލް މޭލު އިރުން، ކަންނެލި މަސްވެރިކަން ކުރަން އުޅުނު "އަރޫޝާ" ދޯނީގައި ހުރި ފަޅުވެރިއެއް، ސިއްހީ އަވަސް ފަރުވާ އަށް އެމްއެންޑީއެފް ގެ އެހީތެރިކަމާއި އެކު، އެމްއެންޑީއެފް ކޯސްޓްގާޑް ސީ އެމްބިއުލާންސްގައި މާލެ ގެންނަމުންދާ ކަމުގައެވެ.
އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ މި މީހާ، ކުއްލިއަކަށް ހޮޑުލައި، ހަށިގަނޑު އައްސިވެ ވަރުދެރަވާ ކަމަށް ރިޕޯޓް ކޮށްގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ. ހާލު ދެރަވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެއްސެއް ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 08:00 ޖަހާއިރު ކަމަށެވެ.




2 Responses
Avas shifaa eh minvaru kohdhehvaa dhey
އަހަރެންގެ ބޭބެޔައަވަސްސިފާއެމިންވަރުކޮދެވާންދޭ އާންމީ??????????????