17 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، 17 މީހުންނާއެކު މަސްވެރިކަމަށް ނިކުމެއުޅުނު "ހަވާ-16" ނަމަކަށްކިޔާ ދޯންޏެއް ކ.މަނިޔަފުށި ކައިރީ އޮތް ފަރަކަށް އަރައިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭގެ 20:30 ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ، ފަރަށް އެރި ދޯނި މިހާރު ވަނީ ފުން ކުރެވިފައި ކަމަށާއި، ދޯނި ފަރަށް އެރި ވަގުތު ދޯނީގައި ތިބީ 15 ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ.
އެމްއެންޑީއެފްގެ ލޯންޗްގައި ދޯނީގައި ތިބި 14 މީހަކު މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.



