އައްޑޫގެ ހޮސްޕިޓަލުގެ ފުރަތަމަ ނިއުރޯ ސާޖަރީ ކާމިޔާބު

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ފުރަތަމަ ނިއުރޯ ސާޖަރީ ކާމިޔާބު ކަމާއެކީ ކޮށްފިއެވެ.

އޭޑީކޭގެ އެހީތެރިކަމާއެކު ކުރި މިސާޖަރީ ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެއީ އުމުރުން 62 އަހަރުގެ ފިރިހެނެއްގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެންކުރި ސާޖަރީއެކެވެ.

މިސާޖަރީ ކޮށްފައިވަނީ ރޭ 11:45 އެހާކަންހާއިރުއެވެ.

އޭޑީކޭ އިން ބުނީ އެ މީހާގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭއީއެޗްގެ މެޑިކަލް ޓީމުން އޭޑީކޭގެ ނިއުރޯ ސާޖަރީ ޓީމުގެ އެހީއަށް އިއްޔެ ހަވީރުގެ ވަގުތެއްގައި އެދުނު ކަމަށާއި އެ ކޭސްގެ ގޮތުން އެމީހާ މާލެ ގެނައުން އެންމެ ރައްކާތެރި ކަމަކަށް ނުފެންނާތީ ސިއްހީ ސާމާނާއެކު އޭޑީކޭގެ ނިއުރޯ ސާޖަރީ ޓީމު އާސަންދައިގެ އެހީއާއެކު ރޭގެ ވަގުތެއްގައި އައްޑޫ އަށް ދިޔަ ކަމަށެވެ.

އޮޕަރޭޝަނަށްފަހު އެމީހާގެ ހާލަތު ރަނގަޅުވުމުން މިއަދުގެ ފަތިހުގެ ވަގުތެއްގައި އެމީހާ އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައިވާ ކަމަށްވެސް އޭޑީކޭއިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ