ފައިނުގެ ދަނޑުބިން - ފޮޓޯ: އަޙުމަދު އިނާހް

ދަނޑުބިން ދޫކުރުން އަދި އެހެނިހެން ކަންކަން ކުރުމަށް 36 ހުއްދައެއް ކައުންސިލްތަކަށް ދީފި

ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، އެކިއެކި ކަންކަމަށް ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރުމާއި، ބިން/ދަނޑުބިން ދޫކުރުން އަދި އެހެނިހެން ކަންކަން ކުރުމުގެ 36 ހުއްދައެއް މި މަހުގެ ތެރޭގައި ކައުންސިލްތަކަށް އިދާރީ ގޮތުން ދީފައިވާކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.

މިދިޔަ ހަފްތާގައި (13 - 19 ސެޕްޓެމްބަރ 2020) އަށް ކުރެވުނު މައިގަނޑު މުހިންމު މަސައްކަތްތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ މިއަދު ވަނީ ނެރެފައެވެ.

މީގެ އިތުރުންވެސް ކައުންސިލްތަކުން ވިޔަ މޮޑިއުލްގެ މަސައްކަތްތަކާ ގުޅިގެން ކައުންސިލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ވިޔަ މޮޑިއުލް އާއި
ގުޅިގެން ލިބޭ އެކައުންޓް ކްރިއޭޝަން ފޯމްތަކާއި މޮޑިފިކޭޝަން ފޯމްތައް ޕްރޮސެސްކޮސްފައިވާކަމަށްވެސް އެ އޮތޯރިޓީން ހާމަކުރިއެވެ.

އެ އޮތޯރިޓީން ބުނީ، ބައޯ ވިޝަން ފައުންޑޭޝަން، އައި.އެފް.އޯ.އެމް.އޯގަނިކްސް އިންޓަރނޭޝަނަލް، މިލޭނިއަމް އިންސްޓިޓިއުޓް އަދި އެފްއޭ.އޯގެ ފަރާތުން "ފުޑް ޕޮލިސީ ފޯރަމް ފޮރ ޗޭންޖް" ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޑް ފޯރަމްގެ މައުލޫމާތު ކައުންސިލްތަކަށް ހިއްސާކޮށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުގެ މަސައްކަތްވެސް މިދިޔަ ހަފްތާގައި ކޮށްފައިވާކަމަށެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި ކޮށްފައިވާ މުހިއްމު މަސައްކަތްތަކަށް ބަލާއިރު، ޔޫއެންޑީޕީ ގެ އެހީގައި ކުރިއަށް ގެންދެވޭ ވީޑިޔޯ ސްޕޮޓްސް ތަކުގެ ސްކްރިޕްޓް އައުޓްލައިން ތައްޔާރުކުރުމުގެ މަސައްކަތްކުރުމާއި، އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައި.އާރު.އައި) އާއި ގުޅިގެން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު
ހަރުދަނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، އަދި ކޯވިޑް-19 އާ ގުޅިގެން މޮނިޓަރިންގ | ލޮކްޑައުންގެ ހާލަތަށް ގެނެވޭ ރަށްރަށަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތިލިބުން ކަށަވަރުކުރުމަށް އެސް.އޯ.ޕީއެއް އެކުލަވާލައި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) އަދި އެއޮތޯރިޓީގެ ބޯޑާ ހިއްސާކުރެވުން ހިމެނެއެވެ.

15 އޮކްޓޯބަރުގައި ގެސްޓްހައުސްތައް ހުޅުވަން ނިންމާފައިވުމާއިއެކު ކައުންސިލްތަކާއިއެކު މަސައްކަތްކުރުމުގައި ގެސްޓްހައުސް ތަކަށް ދިމާވާ ދަތިތައް ދެނެގަތުމަށް ގެންހައުސް އެސޯސިއޭޝަންއާއި ބައްދަލުކުރުން. އަދި ގެސްޓް ހައުސްތައް ހުޅުވުމުގެކުރިން ކައުންސިލްތަކުން ވާންޖެހޭ ތައްޔާރީތަކުގައި އެހީވުމަށް ޓައިމްލައިންއެއް އެކުލަވާލާފައިވާކަމަށްވެސް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ