ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފައިނޭންޝިއަލް އެސިސްޓެންސާއި ލޯނާއި އަދި ބޮންޑް އޮޅިއްޖެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 250 މިލިއަން އެމެރިކާ ޑޮލަރު (3.85 ބިލިއަން ދިވެހި ރުފިޔާ) ދިވެހި ސަރުކާރާ މިއަދު ހަވާލުކުރައްވާފައި ވަނިކޮށެވެ.
އިބްރާހިމް ޝުޖާއު ދެންމެ ކުރެއްވި ޓްވީޓޭއްގައި ވިދާޅުވީ، ރައީސް ޞާލިޙަށް ފައިނޭންޝިއަލް އެސިސްޓެންސާއި، ލޯނާއި، ބޮންޑްވެސް އޮޅިއްޖެ ކަމަށެވެ. އަދި މާތްކަލާކޯ އަޅުގަނޑުމެނަށް ލިބިފަ މިހިރީ ވެރިޔެއް ކަމަށް ވިދާޅުވިއެވެ.
Raees Ah Financial Assistance aai,Loan aai,Bond ves Olhijje.Maaiykalaako Mihiree Veriyeh Alhugandu mennah Libifa?#LoanuBoa
— Ibrahim Shujau | ?ⓂⒶⓁⒹⒾⓋⒺⓈ (@shuja3831) September 20, 2020
250 މިލިއަން ޑޮލަރުގެ އެހީ އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، ޓްރެޒަރީ ބޮންޑް ގަނެގެންނެވެ.
މި އެހީއަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެދިވަޑައިގަތުމާ ގުޅިގެން ދެއްވާފައިވާ އެހީއެކެވެ.
އެހީގެ ރަމްޒީ ޗެކް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާ ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ.



