ހއ. ހޯރަފުށީ އެއަރޕޯޓުގެ ޕަސެންޖަރ ޓަރމިނަލް އަދި ފަޔަރ ބިލްޑިންގް އިމާރާތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރ 19 ވަނަ ދުވަހު ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 13.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 80 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް، މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓްމަހު ނިންމާފައިވާއިރު، ހޯރަފުށީ އެއާރޕޯޓްގެ މަސައްކަތް ރަނގަޅަށް ކުރިއަށްދާނަމަ މި މަހުގެ ތެރޭގައި ނިންމާލެވޭ ވަރުވާނެކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

3000 އަށްވުރެ އާބާދީގެ ގޮތުން ބޮޑު ހޯރަފުށީގައި އެއާރޕޯޓް އެޅުމުން އެކަމުގެ ފަސޭހަ ރަށުގެ ރައްޔިތުންގެ އިތުރުން މުޅި އަތޮޅަށްވެސް ކުރާނެއެވެ.




