އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް | ފޮޓޯ: މަޖިލިސް

ރޮޒައިނާގެ ރައްދު މުއިއްޒަށް: ކަންބޮޑުވުން ފާޅުކުރުމުގެ ފުރުސަތު މި ސަަރުކާރުން ދެން

ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓް ދިނުމުގައި މިސަރުކާރުން ތަފާތުކުަރައްވާފައިވާ ކަމަށް ނިމިދަ ރައީސް އަބްދުﷲ ޔާމިން ސަރުކާރުގެ ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.

“ހިޔާ” މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން، ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓަގަރީއާއި، ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީއާއި، މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢާއިލާތަކަށް ޚާއްޞަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އޮގަސްޓް 24 ވީ ހޯމަ ދުވަހު ވަނީ އިޢުލާނުކޮށްފައެވެ.

އަދި އެހެންކަމުން  24 އޮގަސްޓް އިން ފެށިގެން ސެޕްޓެންބަރު މަހުގެ 14 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް އެ ލިސްޓްތަކަށް  https://hcp.presidency.gov.mv މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެއްވިއެވެ.

ޑރ. މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކުގައި އެއްތަނެއްގައި އުޅޭ ދެމަފިރިންނަށް، އެކަކު އަނެކަކަށް ތަފާތުކޮށް ދިރިއުޅުމުގެ ހާލަތުގެ ޕޮއިންޓް މި ސަރުކާރުން މި ދެނީ ކީއްވެތޯ އާއި އެއީ ކޮން ގޮތަކަށް ބައްލަވާފައި ބާއްލަވާފައި ތޯ ސުވާލުކުރެއްވި އެވެ. އަދި ނެރެފައިވާ ލިސްޓަގައި މިކަން ވަރަށް ގިނަ ރައްޔިތުންނަށް ދިމާވެފައިވާ ކަމުގެ ކަންބޮޑުވުން ދަނީ ލިބެމުން ކަމުގައި ވިދާޅުވިއެވެ.

މުއިއްޒުގެ މި ޓްވީޓަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވީ، މި ސަރުކާރުން ލިސްޓް ނެރެފައި ކަންބޮޑުވުން ފާޅުކުރުމުގެ ފުރުސަތު ދޭ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި މުއިއްޒު ހުސް ނަންބަރު ޖަހާފައި ނެރުނު ލިސްޓް ހަނދާން އެބަހުރިތޯ ސުވާލުކުރެއްވިއެވެ. އަދި މަޖިލީހުން އެދިގެންވެސް އެ ލިސްޓްގައި ތިބި ބައެއްގެ ނަން ނުދިން ކަމަށާއި މިއަދި އަނގަ ހުޅުވަން ލަދު ކޮބައިތޯ ސުވާލުކުރެއްވިއެވެ.

“ހިޔާ” މަޝްރޫޢުގެ ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެ ކަމަށް މައްސަލަ ބަލާ ކޮމިޓީންް ވިދާޅުވިއެވެ. އަދި ވަގުތީ ލިސްޓްތަކުގައި ޕޮއިންޓް ދީފައިވާގޮތާމެދު ކޮންމެ ފަރާތަކަށް ވެސް ޝަކުވާ ހުށަހެޅޭނެކަމަށް އެ ކޮމިޓީން ވަނީ ވިދާޅުވެފައެވެ

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ