އިންޑިޔާގެ މުމްބާއީ ކައިރީގައި އޮންނަ އަވަށެއްގައިހުރި އިމާރާތެއް ވެއްޓި 18 މީހުން މަރުވެއްޖެއެވެ.
މުމްބާއީއާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ބިވަންޑީގައި ހުރި ތިން ބުރި އިމާރާތް ވެއްޓިފައިވަނީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ވެއްޓިފައިވާ އިމާރާތަކީ މީގެ ކުރިން ނުރައްކާތެރި އިމާރާތެއްގޮތުގައި ފާހަގަކުރެވިފައިވާ އިމާރާތެކެވެ. އެ އިމާރާތުގައި ދިރިއުޅޭ މީހުން ހުސްކުރުމަށްވެސް މީގެ ކުރިންވަނީ އަންގައިފައެވެ. ގަޑިން 3:40ހާއިރު އެ ހާދިޘާ ހިންގި ވަގުތު އެ އިމާރާތުގައި ދިރިއުޅޭ ގިނަ މީހުން ތިބީ ނިދާފައެވެ. ރަސްމީ ފަރާތްތަކުން ބުނީ އެ ހާދިޘާގައި މިހާތަނަށް 18 މީހުން މަރުވެފައިވާއިރު، އެކިއެކި ޒަޚަމްތަކާއެކު 20 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައިއެވެ.
BHIWANDI BLDNG COLLAPSE: update 7
?@NDRFHQ teams on site
?More bodies extracted
?More likely under debris
?So far 18 dead extracted
?20 rescued live
?Ops continue
?Deep condolences of #NDRF ?to deceased’s families??@PMOIndia @HMOIndia @PIBHomeAffairs @PIBMumbai @ANI pic.twitter.com/Nsht4KFAsX— ѕαtчα prαdhαnसत्य नारायण प्रधान ସତ୍ଯପ୍ରଧାନ-DG NDRF (@satyaprad1) September 22, 2020
އިމާރާތް ވެއްޓުނު މިހާދިސާގައި މީހުން ހޯދުމުގައި 40 ވަރަކަށް މީހުން ހަރަކާތްތެރިވަމުން އެބަ ގެންދެއެވެ. އޭގެ ތެރޭގައި އެންޑީއާރުއެފްގެ 10 މީހަކު ހަރަކާތްތެރިވެއެވެ. އަދި އެންޑީއާރުއެފުންވަނީ އިމާރާތުގައި ތާށިވެފައިތިބި 19 މީހުން ސަލާމަތްކޮށްފައެވެ. އެންޑީއާރުއެފުގެ ކޮމާންޑަންޓު އިތާޕޭ ޕަންޑިޓު ވިދާޅުވީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށެވެ.
މިހާދިސާއާއި ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ހާދިސާގައި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާވެސް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.



