ސ. ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއިން ނިންމާލައިފިއެވެ.
މި މަސައްކަތް އެމްޓީސީސީއިން ނިންމާލާފައިވަނީ މި މަހުގެ 17 ވީ ބުރާސްފަތި ދުވަހުއެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓިސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ. އެ މަޝްރޫޢުގެ ދަށުން ސައިޓް ސާފުކުރުމާއި ދަނޑުގެ ވެލިގަނޑު އެއްވަރުކުރުމުގެ މަސައްކަތް ވެސް ކުރެވިފައިވާކަމަށް އެމްޓީސީސީއިން ވަނީ ވިދާޅުވެފައެވެ.
ސ. ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތް 17 ސެޕްޓެމްބަރ 2020 ގައި ނިމިއްޖެއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި މިކުންފުނީގެ ފަރާތުން ސޮއިކުރެވިފައިވަނީ 11 ސެޕްޓެމްބަރ 2019 ގައެވެ. pic.twitter.com/b3zktO2W7R
— MTCC Plc (@MTCCPlc) September 22, 2020
"މި މަޝްރޫޢުގެ ދަށުން ފުޓްބޯޅަ ދަނޑު ވަށައިގެން ޕޭވްމަންޓް ހަދައި، އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައި" އެމްޓީސީސީއިން ވިދާޅުވިއެވެ.
އެމްޓީސީސީއިން މައުލޫމާތު ދެއްވާގޮތުގައި މި މަޝްރޫޢަކީ 2.65 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
								
											

