ދިވެހި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ އެވެ.
މި ފަޅުވެރިޔާގެ ލޮލަށް ބުޅި ހެރިފައިވަނީ ކ. ދިއްފުށީ އިރުން 26 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅެނިކޮށެވެ.
ބުޅި ހެރިފައިވަނީ “އަޒުމު”ނަމަކަށްކިޔާ ދޯނީގައި ހުރި 40 އަހަރުގެ ދިވެހި ފަޅުވިރިއެއްގެ ލޮލަށް ކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވިއެވެ.
އަދި މި ހާދިސާ އާއި ގުޅިގެން ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުން ދާ ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
K.Dhiffushi kandhufatheege irun 26 nm beyrugai masverikamugai ulhunu "Azum" dhoaneegai huri 40 aharuge dhivehi falhuveriehge lolah bulhieh herigen sihhee avas faruvaa ah MNDF Male' Area CG squadron in harakaaiytheri vanee. Mi hadhisaage report libifaivanee miadhu 16:20 haairu.
— Maldives National Defence Force (@MNDF_Official) September 22, 2020
މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 16:20 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.



