26 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ފަރަކަށް އަރައިފި

26 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ފަރަކަށް އަރައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، 26 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ކ.ކޮއްދިއްޕަރު ކައިރި އޮތް ފަރަކަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރައިން ޙަރަކާތްތެރިވަމުންދާކަމަށެވެ. އަދި މިހާދިސާގައި ފަރަށް އަރާފައިވަނީ އެމްޓީސީސީގެ 'ކަޅިހި' ލޯންޗުކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.

މިހާދިސާ އެމްއެންޑީއެފްއަށް ރިޕޯރޓްކޮށްފައިވަނީ މިރޭ 18:48 ހާއިރުއެވެ.

އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ، އެ ލޯންޗުގައި ދަތުރުކުރިމީހުން މިހާރު ތިބީ އެތާ ކައިރީ އޮންނަ ތުނޑިއެއްގައި ކަމަށާއި، އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށެވެ.

އަދި އެ ލޯންޗުގައި ދަތުރުކުރި މީހުންގެ ތެރޭގައި ދެ އަންހެނަކު ހުރިކަމަށްވެސް އެމްއެންޑީއެފްއިންވަނީ މަޢުލޫމާތު ދީފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ