ފޮޓޯ: އެމްއެންޑީއެފް

3 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ފަރަކަށް އަރައިފި

3 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ފަރަކަށް އަރައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، 3 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ވެލައްސަރު ރިސޯޓްގެ ފަރަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރައިން ޙަރަކާތްތެރިވަމުންދާކަމަށެވެ. އަދި މިހާދިސާގައި ފަރަށް އަރާފައިވަނީ އަދ. ހިންފަރުން ފުރައިގެން ކ. ތިލަފުއްޓަށް ދަތުރުކުރި ‘ސްވެނިއާ-17’ ލޯންޗުކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.

އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ، ލޯންޗް ފަރަށް އަރަން މެދުވެރިވި ސަބަބަކީ ތެޔޮ ހުސްވެ އިންޖީނު ހުއްޓުމުގެ ސަބަބުން ކަމަށެވެ.

މިހާދިސާ އެމްއެންޑީއެފްއަށް ރިޕޯރޓްކޮށްފައިވަނީ މިރޭ 07:25 ހާއިރުއެވެ.

26 މީހުންނާއެކު ދަތުރުކުރި ލޯންޗެއްވެސް މިރޭ ވަނީ ފަރަކަށް އަރައިފައެވެ. ކ. ކޮއްދިއްޕަރު ކައިރި އޮތް ފަރަކަށް އަރާފައިވަނީ އެމްޓީސީސީގެ ‘ކަޅިހި’ ލޯންޗެވެ.

(ތަފްސީލް އަންނަނީ)

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ