ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ނިއުޒިލެންޑުން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފޭސްމާސްކް އެޅުމައް މީގެ ކުރިން މަޖުބޫރުކޮށްފައި އޮތްއޮތުމަށް ވަރަށް ބޮޑު ލުޔެއް ދީފިއެވެ.
މިގޮތުން ކޮވިޑް-19 އެންމެފަހުން އެގައުމުން ފެނުނު އޮކްލެންޓް ސިޓީ ފިޔަވައި އެހެން ހުރިހާ ހިސާބުތަކެއްގައި މާސްކް އެޅުންވަނީ އިހުތިޔާރީ ކަމަކަށް ހަދައިފައެވެ. އޮކްލެންޑުގައިވެސް އާންމު ދަތުރުފަތުރު ކުރާއިރު ފިޔަވައި އެހެން ހުރިހާ ކަމެއްގައި މާސްކް އެޅުންވަނީ އިހްތިޔާރީ ކަމަކަށް ހަދާފައެވެ.
ފާއިތުވެދިޔަ ހަފްތާގައި ކޮވިޑް-19 ގެ އެއްވެސް އާ ކޭސްއެއް ނިއުޒިލެންޑުން ފެނިފައި ނުވާއިރު، ނިއުޒިލެންޑު ފާހަގަ ކޮށްލެވިގެންދަނީ ކޮވިޑް-19 ކޮންޓުރޯލް ކުރުމުގައި ނަމޫނާ ގައުމެއްގެ ގޮތުގައެވެ. މިގޮތުން ޖޫންމަހުގެ ތެރޭވެސް ނިއުޒިލެންޑުންވަނީ އެގައުމުގައި ކޮވިޑް-19ގެ އެކްޓިވް ކޭސަސްގެ އަދަދު ސުމަކަށް ގެނެސްފައެވެ.
ނަމަވެސް ނިއުޒިލްންޑަށް ބޭރުން ދަތުރުކުރި ދެމީހެއްގެ ގައިން މިދިޔަމަހު ކޮވިޑް-19ގެ ބަލިމަޑުކަން ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް އަނެއްކައިވެސްވަނީ އަޅައިފައެވެ.
މުޅި ޖުމްލަ މިހާތަނަށް ނިއުޒިލެންޑުން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ1،468 އެވެ. އަދި މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 25 އެވެ.



