ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ހޫނު ރައްދެއް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަށް ތާޢީދުކުރާ އެކްޓިވިސްޓަކަށް ދެއްވައިފިއެވެ.
އާންމު އެކްޓިވިސްޓަކު ކޮށްފައިވާ ޓްވީޓެއްގެ ސްކްރީން ޝޮޓް އާއެކު ޓްވީޓާގައި ސީޕީ ހަމީދު ރައްދު ދެއްވާފައީ، މަޖިލިސް ރައީސް އިންތިޚާބުކުރުމުގެ ވޯޓާ ގުޅިގެން އޭނާއަށް މީސްމީޑިއާގައި ކޮށްފައިވާ ތުހުމަތަކާ ގުޅިގެންނެވެ.
ރައީސް ނަޝީދަށް ތާޢީދުކުރާ އެކްޓިވިސްޓުގެ އެކައުންޓް އައިޑީ ޓެގުކުރައްވާ މިރޭ ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އާއި ގުޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އިންތިޚާބީ މެމްބަރުންތަކެއް ހިމެނޭ މައްސަލައެއްގައި ޓްވީޓާގައި ތުހުމަތުތަކެއް ކޮށް ދައުރު ކުރަމުންދާ ވާހަކަތަކުގެ ހަޤީޤަތް ހާމަކޮށްދިނުމަށް ސީޕީ ހަމީދު ވަނި އެދިވަޑައިގެންފައެވެ.
I have been trying to contact you @nautymatox, by calling and via text message. Care to explain to me what you have accused me of, here on Twitter involving some MP Elect? pic.twitter.com/l8hcBVPSLK
— Mohamed Hameed (@M_Hameedh) May 27, 2019
ސިޔާސީ އެކްޓިވިސްޓެއްގެ މެސެޖަކަށް ކޮމިޝަނަރު އޮފް ޕޮލިސް މިފަދަ ގޮތަކަށް ރައްދު ދެއްވުމުން ގިނަ ބަޔަކު އަންނަނީ ސީޕީއަށްވެސް ފާޑުކިޔަމުންނެވެ.
މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު ގެނައުމުގައި އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން އެމަޤާމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ހޮވުމަށް ރައީސް ނަޝީދު ތާއީދު ކުރައްވާއިރު، މަޖިލީހުގެ ރައީސް ކަމަށް އެންމެ ޤާބިލު ބޭފުޅަކީ ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
މަޖިލިސް ރައީސް އަދި ނައިބު ރައީސަކަށް ގެންނާނެ ފަރާތްތައް މިރޭ އެމްޑީޕީން ނިންމާނެއެވެ.