ތިނަދޫ އާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި

ވ. ތިނަދޫ ސްޓެލްކޯގެ އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

މި އިންޖޭނުގޭގެ ބިންގާ އަޅުއްވައި ދެއްވައިފައިވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

އަލަށް މިއަދު ބިންގާ އެޅިގެން ދިޔަ އިންޖީނު ގެއަކީ އެއް މެގަވޮޓްގެ ހަތަރު އިންޖީނު ބެހެއްޓޭ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެ އިންޖީނުގެއެއް ކަމަށާއި އަދި މިއީ ތިނަދޫ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުުވުންތަކަކަށް ހައްލު ލިބިގެންދާނެ މަޝްރޫއެއް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

ތިނަދޫއަކީ ވ. އަތޮޅުން އެންމެ ފުރަތަމަ ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭންފެށި ރައްކަމަށް ވާއިރު މިހާތަނަށް މިހިދުމަތް ދެމުން އައިސްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނު ގެޔަކުންކަން އެރަށު ކައުންސިލްގެ ފަރާތުން ފާހަގަ ކުރެެއެވެ.

އަންނަ ހޮނިހިރު ދުވަހު އިމާރަތް ކުރުމުގެ މަސައްކަތް ފަށާ މި އާ އިންޖީނުގޭގެ އިމާރާތުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަހައްދުގައި އިންޖީނުގެ ހުރުމުން ލިބޭ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަން ތިނަދޫ ކައުންސިލްގެ ރައީސް ސާމިރު އަހްމަދު ފާހަގަ ކުރެއްވިއެވެ.

ސްޓެލްކޯއިން އަންނަނީ ވ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ