19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެނައުމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދަވާފައިވާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އިން ނިންމައިފިއެވެ.
އީވާ މަޖިލީހުގެ ނައިބު ރައީސަކަށް ގެންނަން ނިންމާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ކަނޑައަޅާ މެމްބަރަކު ހޮވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ދާދި ދެންމެއެވެ. މި ނިންމުން ނިންމެވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.
އީވާގެ އިތުރުން އިތުރު ބޭފުޅަކު މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބަކަށް ކަނޑައެޅުމަށް އީވާގެ ނަންފުޅު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ނިންމެވިއިރު، މަޖިލީހުގެ ރައީސަކަށް ގެނައުމަށް ނިންމާފައިވަނީ ރައީސް ނަޝިދެވެ.
މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަނޑައެޅުމަށް ބާއްވާ 19 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ މާދަމާރޭ 10:30 ގައެވެ.