އެމެރިކާގެ ސްޓޭޓް އެއް ކަމަށްވާ އަލްބާމާގައި 2 އަހަރުގެ ކުޑަ ކުއްޖަކަށް ބަޑިއެއް ފެނުމުން، 12 އަހަރުގެ އޭނާގެ ކަޒިން އެއްގެ ގަޔަށް އޮޅިގެން ބަޑި ޖެހިއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ ހަވީރުއެވެ. 12 އަހަރުގެ ކުއްޖާގެ މަންމަ ޕުލުހުންނަށް ގުޅައި މި ހާދިސާ ރިޕޯޓް ކުރަމުން ބުނެފައި ވަނީ 2 އަހަރުގެ ކުއްޖާއަށް އެނދެއްގެ މަތީގައި ބަޑި އޮށްވައި ފެނިގެން އޮޅިގެން ބަޑި ޖެހުނީ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ، ކުއްޖާގެ ގަޔަށް ވަޒަން އެރިނަމަވެސް ފުރާނައަށް ނުރައްކާ ނުވާ ކަމަށެވެ.
12 އަހަރުގެ ކުއްޖާގެ މަންމަ ފުލުހުންގެ ތަހުގީގަށް ބުނެފައިވާ ގޮތުގައި މި ބަޑިއަކީ އޭނާގެ 19 އަހަރުގެ ދަރީގެ ބަޑިއެއް ކަމަށް ނިއުސް އެޖެންސީ ތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ފުލުހުން ބުނެފައި ވަނީ މިއީ އެކްސިޑެންޓެއް ކަމަށާއި އެއްވެސް މީހަކަށް ދައުވާ ކުރާނެ ކަމެއް އަދި ބުނަން ނޭނގޭ ކަމަށެވެ.




