އެމެރިކާގެ ސިޓީއެއް ކަމަށްވާ އިލިނޮއިސް ގައި ހިނގި ބަޑި ޖެހުމުގެ ހާދިސާގައި ފަސްމީހަކު މަރާލައިފިއެވެ.
ބަޑި ޖެހުމުގެ މިހާދިސާ ހިނގައިފައިވަނީ އެމެރިކާގެ ކުންފުންޏެއްގެ ތެރޭގައެވެ. އަދި މިހާދިސާގައި މަރުވެފައިވާ ފަސްމީހުންނަކީވެސް އެކުންފުނީގެ މުއައްޒަފުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަޑި ޖެހުމުގެ އަމަލު ހިނގައިފައިވަނީ އެކުންފުނީގެ ވަޒީފާއިން ވަކިކުރި އުމުރުން 45 އަހަރުގެ ގެރީ މާޓިން ކިޔާ މީހެކެވެ. މި ހާދިސާގައި ގެރީ މާޓިންވެސް ވަނީ މަރުވެފައެވެ.
ފުލުހުންވަނީ މިހާދިސާ ހިނގި ސަބަބާއި ގުޅޭގޮތުން ބަހެއް ބުނުމަށް އިންކާރު ކޮށްފައެވެ. ގެރީ މާޓިންގެ އާއިލާއިން ބުނެފައިވަނީ، ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އޭނާވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
Great job by law enforcement in Aurora, Illinois. Heartfelt condolences to all of the victims and their families. America is with you!
— Donald J. Trump (@realDonaldTrump) February 15, 2019
ބަޑި ޖެހުމުގެ ހާދިސާތައް އެމެރިކާގައި ހިނގުމަކީ އާންމު ކަމެކެވެ. އަދި މިފަދަ ހާދިސާ ތަކުގައި އަހަރެއްގެ ތެރޭ އެތައް ސަތޭކަ ބަޔަކު މަރުވެއެވެ.