ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުޞަތެއް އިސްލާމިކް މިނިސްޓްރީން ދީފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ، ފަޤީރުންގެ ދަފްތަރު ރިވިއު ކުރުމަށް 06 ޖުލައި 2020 އިން 23 ޖުލައި 2020 ހުޅުވާލި
ފުރުޞަތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ
ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުޞަތެއް ހުޅުވާލާފައިވާކަމަށެވެ.
އެގޮތުން މި ފުރުސަތު އިތުރުކޮށްފައިވާ މުއްދަތަކީ، 27 ސެޕްޓެމްބަރ އިން 29 ސެޕްޓެމްބަރުގެ ނިޔަލަށްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
އެހެންކަމުން ޝަރުތު ހަމަނުވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް [email protected] އަށް 29 ސެޕްޓެމްބަރ 2020 ގެ މެންދުރުފަހު 14:00 ގެ ކުރިން މެއިލް ކުރުމަށް މިނިސްޓްރީން އެދިވަޑައިގެންނެވިއެވެ.