ފާޅުބޯޓުގެ ކެޕްޓަން ކޮވިޑް-19އަށް ފައްސި ވުމާއެކު، އެ ބޯޓު ހދ.ނޮޅިވަރަމަށް ދަތުރުކޮށްފައި ވާތީ އެރަށް މޮނިޓަރިންގައި ބޭއްވުމަށްފަހު އެރަށުގެ މޮނިޓަރިން އުވާލައިފިއެވެ. ނޮޅިވަރަމު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، 25 ސެޕްޓެމްބަރ ވި ހުކުރު ދުވަހުގެ ރެއެެވެ.
މިރޭ، ހެލްތު ޕޮރޮޓެކްޝަން އޭޖެންސީން ނެރެފައިވާ ލިޔުމުގައި ވަނީ، "މޮނިޓަރިންގެ ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން" މިރޭ (28 ސެޕްޓެމްބަރ 2020، ހޯމަ ދުވަހުގެ ރޭ) 20:17 ން ފެށިގެން މޮނީޓަރިންގެ ހާލަތު އުވާލައިވާކަމަށެވެ.



