އިސްލާމީ ގައުމުތަކުގެ ވެރިންގެ ސަމިޓަށް ރައީސް މާދަމާ މައްކާ އަށް ވަޑައިގަންނަވަނީ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ސައޫދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވާނެއެވެ.

އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ސަމިޓު އޮންނާނީ އަންނަ ހުކުރު ދުވަހު މައްކާގަ އެވެ. އެ ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އޯއިސީ ސަމިޓުގައި ރައީސް ތަގުރީރު ކުރައްވާނެ ކަމަށާއި، އެ ދަތުރުފުޅަށް ފަހު، ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައޫދީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އިސްލާމީ ގައުމުތަކުގެ ވެރިން އެއްތަންވެ، މި އަހަރު ބާއްވާ ބައްދަލުވުމުގައި ވެސް އިސްލާމީ އުއްމަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ހިޔާލުތަފާތުވުން އުފެދޭ މުހިއްމު މައްސަލަތަކުގައި، ގައުމުތަކުން ވާހަކަ ދައްކާނެ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ