ފޮޓޯ: އަވަސް

ޖަޕާނުގެ 47 މިލިއަން ޑޮލަރުގެ ލޯނު ހަވާލުކޮށްފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް 5 ބިލިއަން ޔެން ގެ ލޯން އެހީ ޗައިނާއިން ރާއްޖެއާއި ހަވާލުކޮށްފިއެވެ.

ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ޖަޕާނުން ފޯރުކޮށްދޭ 5 ބިލިއަން ޖަޕަނީޒް ޔެން (47.5 މިލިއަން އެމެރިކާ ޑޮލަރު، 732.4 މިލިއަން ދިވެހި ރުފިޔާ) ގެ ކޮންސެޝަނަލް ލޯން އެހީއާއި ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސޮއިކޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ޖަޕާނުގެ ލޯނުގެ ރަސްމީ އެއްބަސްވުމުގައި ސޮއި ކުރުން މިއަދު ފިނޭންސް މިނިސްޓްރީގައި ބާއްވާފައިވާއިރު، މި އެއްބަސްވުމުގައި ދިވެހި ސަރުކާގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މި ލޯނަކީ 4 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 15 އަހަރުން ދައްކާ ގޮތަށް، 0.01 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ޖަޕާނުން ދޭ ލޯން އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވީ، މި ފައިސާއަކީ ރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިޔުމަށްޓަކައި ޖަޕާނުގެ ސަރުކާރުން ދެއްވި ވަރަށް ދީލަތި އެހީއެއް ކަމަށެވެ.

ފޮރިންގް މިނިސްޓްރީން ވިދާޅުވީ ޖަޕާނުން ފޯރުކޮށްދޭ ލޯން އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިވަގުތު ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކަމަށެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ