އައްޑޫ ސިޓީ ހުޅުމީދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށްފިއެވެ.
ފުލުހުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ 2020 ސެޕްޓެންބަރު 28 ވަނަ ދުވަހު، އައްޑޫ ސިޓީ ހުޅުމީދޫގައި ޚާއްސަ އެޙިއަށް ބޭނުންވާ އަންހެނަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުޅައެޅިފައިވާކަމަށެވެ.
މި މައްސަލާގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 68 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އައްޑު ސިޓީ، ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުން ކަމަށެވެ.



