މީހަކު، މީހަކާ އިނަސް، ވަރިކުރިޔަސް އެއީ ބަޔަކާ ބެހޭ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އަލީ ޒައިދު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އުމުރުން ޅަ ކުއްޖަކާ ކައިވެނި ކުރުމުން މީސްމީޑިއާގައި އެމަނިކުފާނަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ.
"މީހަކު މީހަކާއި އިނަސް، ނުވަތަ ވަރި ކުރިޔަސް އެއީ ބަޔަކާއި ބެހޭ ކަމެއް ނޫން! ކައިވެނީގައި ހިނގާ ކަންކަން ދުރުގައި ތިބޭ ބަޔަކަށް ނޭގޭނެ" އަލީ ޒައިދު ވިދާޅުވިއެވެ.
އަލީ ޒައިދު އިތުރަށް ވިދާޅުވީ، 18 އަހަރު ވުމަށްފަހު ޤާނޫނީ ގޮތުންވެސް ބޮޑު މީހަކަށް ވީހިނދު، އަމިއްލަ އިހްތިޔާރުގައި ކުރާ ހުއްދަ ކަންކަމާއި ބެހެންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.
Meehaku meehakaa inas, nuvatha vari kuriyas eiy bayakaa behey kameh noon! Kaiveneega hingaa kankan dhurugai thibey bayakah neyngeyne!
18 aharuvumah fahu qaanoonee gothun ves bodu meehakah veehindhu amilla ikhthiyaaru ga kuraa huhdha kamakaa behen jehey sababeh nuvisnunu!
— Ali Zaid (@alizaid1000) October 1, 2020
ޒައިދު ކުރެއްވި އިތުރު ޓްވީޓްގައި ވިދާޅުވެފައިވަނީ ހަޑިވާންވީ ހަރާމްގޮތުގައި ހިންގާ ޒިނޭގެ އަމަލުތަކާއި ރޭޕް ތައްކަމަށާއި ރުހުމާއެކު، ﷲ ހުއްދަ ދެއްވާފައިވާ ލިމިޓްގެ ތެރޭގައި ކުރާ ކައިވެންޏެއް ނޫންކަމަށެވެ. ޒައިދު އިތުރަށް ވިދާޅުވީ ކައިވެންޏަކީ ﷲ ދެއްވި ބަރަކާތެއްކަމަށާއި އަދި ޒިނޭއަކީ އަމިއްލައަށް ލިބިގަންނަ ހަލާކެއްކަމަށެވެ.




2 Responses
heh ok thee massla ei noon. .kaiveni eyge zaathuga ei huthuru viyaanudhaa kamei noon. Ekam konme mujrhamaeigaa ves meesthaku balaiganna inthakakaa mintbakei hunaane kan qabool kuranjehey. Egothun thimaage dharinnah thure umurun hagu kudhinnaa 60 aharuge meehaku kaiveneege gothun gulhey gulhumakee enmme ikhlaastheri heyo niyai eyga madhu fahareigaaa oinamaves ginafaharu eyga onnaanee konmeves nuniyathei. Kamauge aslah balaanama anhen kujjaa ge hryo niyathei othun ekasheegeen nuvaa etha sababei vaanekan yageen kashavaru.
Hi