ޝެއިޚް ޢަލީ ޒައިދު .......

އެމްޑީޕީ ދެބައިވެގެން އުޅޭ ސަބަބަކީ ބައެއް ބޭފުޅުންގެ ވެރިކަމަށް އޮތް ދަހިވެތިކަން: ޒައިދު

އެމްޑީޕީ ދެބައިވެގެން އުޅޭ ސަބަބަކީ ބައެއް ބޭފުޅުންގެ ވެރިކަމަށް އޮތް ދަހިވެތިކަންކަމަށް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ޒައިދު ވިދާޅުވީ، އެމްޑީޕީ ދެބައިވެގެން އުޅެނީ ބައެއް ބޭފުޅުންގެ ކެތްތެރިކަން ކުޑަވެ، ވެރިކަމަށް އޮތް ދަހިވެތިކަމުގެ ސަބަބުން ކަމަށެވެ.

އަދި ރައްޔިތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހޮވާފައިވަނީ 5 އަހަރުގެ މުއްދަތަކަށްކަމެއް އެމްޑީޕީގެ މިފެކްޝަންގައި އުޅޭ މީހުންނަށް އެނގިނުލައްވަނީކަމަށްވެދާނެކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ދުވަހަކުވެސް މިފަދަ ފެކްޝަނަކަށް ތާޢީދެއް ނުކުރާނަން." ޒައިދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަގަނޑޫ ބޮޑުވެގެން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހުގައެވެ.

އެގޮތުން އެ މައްސަލައިގެ އިންކުއަރީއެއް މަޖިލީހުން ހަދަމުން އަންނައިރު، އެ ތަހުގީގްގެ މިސްރާބު ބަދަލުކޮށްލުމަށް ސަރުކާރުން މަސައްކަތްކުރާކަމަށް، ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެމްޑީޕީ މަޖިލިސް ބައެއް މެންބަރުން ދަނީ ވިދާޅުވަމުންނެވެ. މިމައްސަލަ އެންމެ ބޮޑަށް ހޫނުވީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެންނެވެ.

އަަދި ބިގޭގެ ދިފާޢުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވާހަކަފުޅު ދައްކަވާފައިވާއިރު، ނަޝީދު ވަނީ މިއަދު ބިގޭއަށް ޓުވިޓާގައި ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

މިފަދަ ތުޙުމަތެއް ކުރަމުންދާއިރު، މި މައްސަލައިގެ އިންކުއަރީއަށް ހުރަސްނާޅާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ ނަޝީދަށް ދިން ހަމަލާ ސަރުކާރުން ބަލައި ނުގަންނަކަމަށާއި، މިއީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ގައުމު ދާންވީ ވަގުތެއް ނޫންކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މަލަކާ

    ބަލަ ރޯނުއެދު ޒިއަދު ސަރުކާރުން ބިލު ލީމާ އެއްވެސްއެއްޗެއްނުކިޔާ ތިޔާގެ ތެރެއިން ބައެއް ސޭހުންނަކީ ގައުމުފަސާދަކުރާ އަދި ވަގުތީއުފަލކައްވިކިފައި ރަތްޕާސްޕޯރޓުވެސް؟؟

    1
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ