ކުވައިތުގެ އާ އަމީރުކަމަށް ޝެއިހް ނަވާފް އަލް އަހުމަދު އަލް ސަބާހް އިސްކުރައްވައިފި

ކުވައިތުގެ އަމީރް ޝައިހް ސަބާހް އަލް އަހުމަދު އަލް ސަބާހް އުމުރުފުޅުން 91 އަހަރުފުޅުގައި އެމެރިކާގައި އަވަހާރަވުމާއި ގުޅިގެން ވަލީއަހުދު ކަމުގައި ކުރިން ހުންނެވި ވަލީއަހުދު ޝައިހް ނަވާފް އަލް އަހުމަދު އަލް ސަބާހް، އާ އަމީރުކަމުގެ ހުވާ ކުރައްވައިފިއެވެ.

ކުވައިތުގެ އަމީރުކަން 14 އަހަރު ކުރެއްވި އަމީރު ޝައިހް ސަބާހް އަވަހާރަވެފައިވަނީ ކުވޭތުގައި ކުރެއްވި އޮޕަރޭޝަނަކާ ގުޅިގެން އިތުރު ފަރުވާ އަށް ޖުލައި މަހު އެމެރިކާ އަށް ވަޑައިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހުއެވެ.

އާބާދީގައި 4.8 މިލިއަން މީހުން ދިރިއުޅެމުން އަންނަ ކުވައިތުގެ އަމީރުކަން ޝައިހް ސަބާހް އަށް 2006 ވަނަ އަހަރު ލިބިވަޑައިގެންނެވީ ޝެއިޚް ޖާބިރު އަވަހާރަވުމުންނެވެ. ސަބާހު އާއިލާ އިން ކުވޭތުގެ ވެރިކަންކުރާތާ 260 އަހަރުވެއްޖެ އެވެ.

ކުވެއިތުގެ އަމީރުކަމުގެ ހުވާ އަލަށް ކުރެއްވެވި ޝައިހް ނަވާފް އަކީ ޝެއިޚް ސަބާހްއާ އެއްބައްޕާފުޅު ބޭފުޅެކެވެ. އަދި މިހާރު ޝައިހް ނަވާފްގެ އުމުރުފުޅަކީ 83 އަހަރު ފުޅެވެ.

ޝައިހް ނަވާފް މީގެ ކުރިންވަނީ ކުވެއިތުގެ ޑިފެންސް މިިނިސްޓަރުކަމާއި އިންޓީރިއާ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. ނަމަވެސް، ޝެއިހް ނަވާފަކީ ސިޔާސީ ގޮތުން މާ ގިނައިން ފެނެދެނިވި ބޭފުޅެއް ނޫނެވެ. ތަޖުރިބާކާރުން ދެކިލައްވާ ގޮތުގައި ޝައިހް ނަވާފް ބޮޑެތި ބާރުތައް އާ ވަލީއަހުދަށް ދެއްވާނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ