އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ޑޮނަލްޑް ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާއާއި، އޭނަގެ އަނބިކަނބަުން މެލާނިއާ ޓްރާމްޕް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަމަށެވެ.
ޓްރަމްޕް ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ވަގުތުން ި،ބައްޔަށް ފަރުވާ ހޯދުމަށް ކަރަންޓީނުގެ މުއްދަތު ފަށާފައިވާކަމަށެވެ.
Tonight, @FLOTUS and I tested positive for COVID-19. We will begin our quarantine and recovery process immediately. We will get through this TOGETHER!
— Donald J. Trump (@realDonaldTrump) October 2, 2020
ކޮވިޑް-19 ގެ ފުރަތަމަ ކޭސް ޗައިނާގެ ވޫހާން ސިޓީއިން ފެނުމާއެކު، ޓްރަމްޕް ވަނީ ކޮވިޑް-19 އަކީ އާދައިގެ ބައްޔެއް ކަމަށް ބުނެފައެވެ. އެގޮތުން އެމެރިކާއިން ކޮވިޑް-19 ކޭސްތައް ފުރަތަމަ ފެނުމާއެކުވެސް، އެމެރިކާގެ ސަރުކާރުން ބަލި ކޮންޓްރޯލުކުރުމަށް މާބޮޑު ފިޔަވަޅުތަކެއް ފުރަތަމަ ނާޅައެވެ. އެގޮތުން އާންމުންގެ ތެރޭގައި މާސްކް އެޅުމަށްވެސް ޓްރަމްޕް ވަނީ ދެކޮޅުހަދައިފައެވެ.
މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީވެސް އެމެރިކާއިންނެވެ.