19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރައްވައިފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރައްވައިފިއެވެ.

މިބޭފުޅުންނަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ, ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއެވެ.

މަޖިލީހުގެ މި ދައުރަށް 87 މެންބަރުން އިންތިޚާބު ވެވަޑައިގެންފައިވާއިރު، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 85 މެންބަރުންނެވެ. މިރޭގެ ރަސްމިއްޔާތުގައި ހުވާކުރެއްވީ 86 މެންބަރުންނެވެ.

19 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރައްވަނީ - ފޮޓޯ: މަޖިލިސް

ގުރައިދޫ ދާއިރާގެ މެންބަރު އުސްތާޛް އިބްރާހީމް ރިޟާ މިވަގުތު އުމްރާއަކަށް ވަޑައިގެން ހުންނެވުމާއެކު މިރޭގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވައެވެ. މަޖިލިސް އިދާރާއިން ވިދާޅުވީ، ރިޟާ ހުވާކުރުމުގެ ކަންކަން ފަހުން ހަމަޖައްސަވާނެ ކަމަށެވެ.

19 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމުގެ މަޖިލިސް - ފޮޓޯ: މަޖިލިސް

19 ވަނަ ރައްޔިތުންގެ މަޖިލީިހުގެ މެންބަރުން:

1- ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް
2- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު
3- މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް
4- ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް
5- ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް
6- ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ
7- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް
8- މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު
9- މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު
10- މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޙައިތަމް
11- މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިމްތިޔާޒު ފަހުމީ
12- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
13- މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީ
14- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް
15- ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް

19 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު - ފޮޓޯ: މަޖިލިސް

16- ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް
17- އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު
18- ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ
19- ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު
20- ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

21- ހަނދިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ
22- ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ
23- ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
24- ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް
25- ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު
26- މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ

27- ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް
28- މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ
29- ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު
30- ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު

19 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު - ފޮޓޯ: މަޖިލިސް

31- ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ
32- މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން
33- ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް
34- ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ

35- އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން
36- އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު
37- ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު
38- އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު
39- މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް

40- ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން
41- އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް
42- ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން

43- ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު
44- ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
45- ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުޣަނީ ޢަބްދުލްޙަކީމް

46- ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު
47- ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް
48- ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ

49- މަތިވެރި ދާއިރާގެ މެންބަރު ޙަސަން ސިނާން
50- ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޒަރީރު

51- މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް
52- މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް
53- ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް

54- ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު
55- ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާސިމް

56- ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން
57- މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު

58- ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް
59- ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު

19 ވަނަ މަޖިލީހުގެ މެންބަރުންނަށް ހުވާ ލައިދެއްވަނީ - ފޮޓޯ: މަޖިލިސް

60- މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު
61- ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު

62- ވިލުފުށޮ ދާއިރާގެ މެންބަރު ޙަސަން ޢަފީފް
63- ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް
64- ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު
65- ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މަޢުމޫން

66- އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު
67- ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް
68- ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް
69- މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު

70- ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން
71- ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް ޢަބްދުﷲ
72- ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު

73- ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ
74- ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް
75- މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން
76- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް
77- ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު

78- ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު
79- ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ
80- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް

81- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
82- ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
83- މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
84- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
85- ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު
86- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
87- އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

އާ މަޖިލީހުގެ މެންބަރުން މެންބަރުކަމުގެ ހުވާ ކުރައްވާފައިވާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ