މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާރަކުރި ބިދޭސީ މީހާގައިގާ އަތް ނުލާ ފުލުހުން ހުރުމުން ޢަލީ ރަމީޒު އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އެގޮތުން ޢަލީ ރަމީޒު ވަނީ ފުލުހުން އަނގަނަގައިގެން އެތިބެނީ ކޮންހިސާބަކުން ކޮން އޯޑަރެއް އަންނަންދެންތޯ ސުވާލު ކުރައްވާފައެވެ. އަދި ބަނގުރާ ބޮއިގެން ދީނަށް ފުރައްސާރަކޮށް، ރާއްޖޭގެ ޤާނޫނަށް އޭތި މީތި ގޮވާ އިރު މި އިންޑިއާ ޝައިޠާނުގައިގައި އަތްލުން މަނަލީތޯވެސް އަލީ ރަމީޒު ސުވާލު ކުރައްވާފައިވެއެވެ.
ބިދޭސީއަކު މާލޭ މަގުމަތީގައި މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދަނީ ވަރަށް ބާރަށް ދަޢުރުވަމުންނެވެ. މި ވީޑިއޯ ދަޢުރުވާން ފެށުމާއެކު ގިނަ ފަރާތްތަކަކުން ދަނީ މިކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން މަސްތުގެ ހާލުގައި ހުރެ މާތް ﷲ އަށް ފުރައްސާރަކުރި ބިދޭސީ މީހާއާ މެދު ކަންކުރި ގޮތް ކުށްވެރިކޮށް ގިނަ ޖަމިއްޔާ ޖަމާއަތްތަކަކެއް ބައިވެރިވެ ވަނީ ބަޔާނެއްވެސް ނެރެފައެވެ.
ސޯޝަލް މީޑިއާގައި ދަޢުރުވާ މި ވީޑިއޯ އިން އޭނާ ދީނަށް ފުރައްސާރަކޮށް އަޑުގަދަކުރާ މަންޒަރު ފެނިގެންދެއެވެ. މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ މަގުމައްޗަށް މީހަކު ވެއްޓިފައި އޮތްކަމުގެ ރިޕޯޓް ލިބުމުން އެ ސަރަހައްދަށް ގޮސް އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މީހާ ދީނަށް ފުރައްސާރަ ކުރި މައްސަލަ ބަލަމުން ދޭތޯ ސުވާލުކުރުމުން ފުލުހުންގެ ފަރާތުން މިހާތަނަށް މިކަމަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.