ބޮލީވުޑްގެ މަޝްހޫރު ދެމެފަރިންކަމުގައިވާ އެކްޓްރެސް ކަރީނާ ކަޕޫރާއި، ސައިފް އަލީ ޙާން އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ޙަބަރު ފޭނުންނަށް ދިނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. އެއާއެކު ދާދިފަހަކުން މިވަނީ، އޭނަގެ ޕްރެގްނެންސީއާއި ބެހޭގޮތުން އާ މައުލޫމާތުތަކެއްވެސް ފޭނުންނާއި ހިއްސާކޮށްފައެވެ.
ކަރީނާ އޭނަގެ އިންސްޓަގްރަމްގައި ހިއްސާކުރި ފޮޓޯއަކާއެކު، ހާމަކުރިގޮތުގައި އޭނަގެ ބަނޑަށް މިހާރު 5 މަސްވެއްޖެއެވެ. އަދި ހާލު ރަނގަޅުކަމަށާއި ހުރިހާކަމެއްވެސް ކުރިއަށްދަނީ ވަރަށް ވަރުގަދަކޮށްކަމަށް ކަރީނާ މި ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވެއެވެ.
ކަރީނާ އާއި ސައިފް އަށް ދެވަނަ ދަރިއަކު ލިބެންއުޅޭކަން އިއުލާންކުރުމާއެކު ޔަޤީންކޮށްދިނުމާއެކު، އާއްމުންގެ ފަރާތުން އަންނަ މަރުހަބާގެ މެސެޖްތަކަށާއި، ދެމުންދާ ހިތްވަރަށް އެ ދެމަފިރިން ޝުކުރު އަދާކޮށްފައިވެއެވެ.
View this post on Instagram5 months and going strong ???????? PS : The #KaftanSeries continues ????
A post shared by Kareena Kapoor Khan (@kareenakapoorkhan) on
ސައިފްއާއި ކަރީނާ ކައިވެނިކޮށްފައިވަނީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު 16 ގައެވެ. އަދި މި ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅު ތައިމޫރް އަލީ ޙާންއަށް މިހާރު ވަނީ ތިން އަހަރު ފުރިފައެވެ.
އެކްޓަރު ސައިފްއަށް ކުރީގެ ކައިވެންޏަކަށް 2 ދަރިން ލިބިފައިވެއެވެ. އެގޮތުން އެކްޓްރެސް އަމްރިތާ އާއި ސައިފްގެ ކައިވެންޏަށް ލިބިފައިވާ ސާރާ އާއި އިބްރާހިމް އަކީވެސް އާއްމުންގެ ތެރޭގައި ވަރަށް މަޝްހޫރު ދެ ކުދިންނެވެ. އެގޮތުން ސާރާ އަކީ، މިހާރަ ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާއެކެވެ.
ކަރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ، އާމިރު ޙާންއާއެކު ފެނިގެންދާ ފިލްމް، "ލާލް ސިންހް ޗައްދާ" އިންނެވެ. މިއީ ހޮލީވުޑްގެ ކާމިޔާބު ފިލްމް "ފޮރެސްޓް" ގަމްޕްގެ ވާހަކައިގެ މައްޗަށް ބިނާކޮށް ހަދާފިލްމެކެވެ.



