ކަރީނާ ކަޕޫރު، ދެވަނަ ދަރިއަކަށް ބަނޑުބޮޑު!

ބޮލީވުޑްގެ މަޝްހޫރު ދެމެފަރިންކަމުގައިވާ އެކްޓްރެސް ކަރީނާ ކަޕޫރާއި، ސައިފް އަލީ ޙާން އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފިއެވެ.

މި ދެމަފިރިންގެ 3 އަހަރުގެ ފިރިހެން ދަރިފުޅު، ތައިމޫރް އަލީ ޙާން އާއި ކުއްތާއަކާ އެކުގައި ނަގާފައިވާ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާކުރުމާއެކު، ކަރީނާ ދެވަނަ ދަރިއަކަަށް ބަނޑުބޮޑުކަމަށްބުނެ ސުވާލުއުފައްދާ ޙަބަރުތައް ފެތުރިފައިވަނިކޮށް، މި ދެމަފިރިން ދާދިފަހަކުން ނެރުނު ސްޓޭޓްމެންޓްގައި ވަނީ މި ހަބަރު ޔަޤީންކޮށްދީފައެވެ.

ކަރީނާ ދެވަނަ ދަރިއަކަށް ބަލިވެއިންކަމަށް ބުނެ ޙަބަރު ފެތުރުނުއިރު، ކަރީނާ ބައްޕަ ރަންދީރު ކަޕޫރުވެސް ވަނީ މިއީ ތެދު ހަބަރަކަށް ވެއްޖިއްޔާ ވަރަށް އުފާވާނެކަމަށް ބުނެފައެވެ.

ކަރީނާ އާއި ސައިފް އަށް ދެވަނަ ދަރިއަކު ލިބެންއުޅޭކަން މިހާރު ޔަޤީންކޮށްދީފައިވާއިރު، އާއްމުންގެ ފަރާތުން އަންނަ މަރުހަބާގެ މެސެޖްތަކަށާއި، ދެމުންދާ ހިތްވަރަށް އެ ދެމަފިރިން ޝުކުރު އަދާކޮށްފައިވެއެވެ.

އެކްޓަރު ސައިފްއަށް ކުރީގެ ކައިވެންޏަކަށް 2 ދަރިން ލިބިފައިވެއެވެ. އެގޮތުން އެކްޓްރެސް އަމްރިތާ އާއި ސައިފްގެ ކައިވެންޏަށް ލިބިފައިވާ ސާރާ އާއި އިބްރާހިމް އަކީވެސް އާއްމުންގެ ތެރޭގައި ވަރަށް މަޝްހޫރު ދެ ކުދިންނެވެ. އެގޮތުން ސާރާ އަކީ، މިހާރަު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ